Last Updated: June 10, 17:46
Wednesday, June 10, 2026
ޚަބަރު

50،000ރ. އާއި މަސްތުވާތަކެތި ހިތަދޫން އަތުލައިގެންފި

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ރޭ 50،000ރ. އެއްހާ ރުފިޔާ އާއި ގިނަ އަދަދެއްގެ މަސްތުވާތަކެތި ރޭ ހިތަދޫން އަތުލައިގެންފި އެވެ.

މީގެ އިތުރުން ރޭ އަތުލައިގަތް ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނެ އެވެ. އެހެން ނަމަވެސް މި ތަކެތި އަތުލައި ގަތީ ހިތަދޫގެ ކޮން ތާކުން ކަމެއް އަދި މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ނުބުނެ އެވެ.

އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި ކުށް މަދު ކުރުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.