Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ނަޝީދަކީ އެއްވެސް އިރެއްގައި ކުށްވެރިއެއް ނޫން: އަސްލަމް

ރައީސް ނަޝީދަކީ އެއްވެސް އިރެއްގައި ކުށްވެރިއެއް ނޫންކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ މައްޗަށް ބޭއިންސާފުން ކުރެވުނު 13 އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ވަނީ ބާޠިލްކޮށްފައެވެ. ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބާޠިލްކޮށްފައިވަނީ އެމައްސަލަ ރިވިއު ކުރުމަށް ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހުންނެވެ.

"ރައީސް ނަޝީދަށް އަނިޔާ ލިބެމުން ދިޔައީ މިގައުމުގައި އަދުލު އިންސާފު ނެތުމުން"

ނަޝީދުގެ ކެމްޕެއިން މެނޭޖަރުކަން ކުރެއްވި އަސްލަމް ވިދާޅުވިއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައިސް ނަޝީދު އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވިއެވެ. ޕާޓީ މެމްބަރުން ނަޝީދަށް ޓިކެޓު ދެއްވި ނަމަވެސް އިންތިހާބުގައި ވާދަ ނުކުރެއްވުނީ އެމަނިކުފާންގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާއި ގުޅިގެންނެވެ. ހުކުމް އޮތުމުން ނަޝީދުވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އެމްޑީޕީން ވާދަކުރުމުގެ ފުރުސަތު ދެއްވާފައެވެ.

ނަޝީދަކީ މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުންގެ ތެރެއިން އެއް ލީޑަރެވެ.