ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި 13 އަހަރު ދުވަހުގެ ޖަލު ހުކުމުން އެމަނިކުފާނު ސަލާމަތްވީތީ ނުހަނު އުފާ ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ސޮފްހާގެ ދެ ފަރާތުގައި ތިއްބެވި ދެ ލީޑަރުން އެއް ގަލަކަށް އަރައިވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުމުގެ މަގުސަދުގައެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގައެވެ.
އެކަން ކާމިޔާބުވެ ގާސިމް އިބްރާހިމާއި ޝެއިޚް އިމްރާން އަބްދުﷲ އާއެކު އިއްތިހާދުގައި ހަތަރު ލީޑަރުން ތިއްބެވީ ނުހަނު ބަދަހި ކަމާއެކު މި އިއްތިހާދު ދެމެހެއްޓުމަށް ކަމަށް ހަތަރު ލީޑަރުން ވެސް ވަނީ ވިދާޅުވެފައެވެ.