ގދ. ވާދޫ އަންހެނަކު ވިހެއުމަށްފަހު ދަރިފުޅު މަރާލަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތުއްތު ކުއްޖަކު މަރާލަން އުޅުނު މައްސަލައެއް ބަލަމުންދާ ކަމަށެވެ.
ގދ. ވާދޫން ވާހަކަ ދެއްކި މީހަކު ބުނީ މިރޭ އިރާކޮޅު އެރަށު އަންހެނަކު ވިހޭ ކުއްޖަކު ބާލިދީއަކަށްލައި މަރާލަން އުޅެނިކޮށް ކުއްޖާ ނަގައިގެން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ ވިހާފައިވަނީ ކައިވެނިން ބޭރުގައެވެ. އަދި އޭނާ އަކީ ތިން ކުދިންގެ މަންމައެއްކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.