Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ތުއްތު ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރާނަން: ޖެންޑާ

ޖެންޑާ މިނިސްޓަރ ޝިދާތާ، ފޮޓޯ: ޝަރަފު/އައްޑޫލައިވް

ގދ. ވާދޫ ގެއެއްގެ ފާހާނާ ތެރެއިން ފެނުނު ތުއްތު ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ރޭޢ ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ވިހެއުމަށް ފަހު ތުއްތު ކުއްޖަކު އެއްލައިލި މައްސަލައެއް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ އާއިލާ އާއި ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ޖެންޑާ މިނިސްްޓްރީން ވަނީ ކުއްޖާގެ ފޮޓޯ މީޑިއާ އަދި ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ގދ. ވާދޫން ވާހަކަ ދެއްކި މީހަކު ބުނީ އެރަށު އަންހެނަކު ނަހަލާލަށް ވިހެއި ކުއްޖަކު މަރާލުމަށް ބާލިދީއަކަށް އަޅާފައިއޮތްވާ ފެނިގެން އެ ތުއްތު ކުއްޖާ ސިއްހީ މަރުކަޒަށް ގޮސް ފަރުވާ ދެމުންދާ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އެކުއްޖާ އޮތީ ކަޅު ކުލައިގެ ބާލިދީއެއްގެ ތެރޭގައެވެ.

ތުއްތު ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވިންދު ހުރިކަމަށާއި، މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މި މައްސަލަ ފުލުހުން ވަނީ ތަހްގީގު ކުރަން ފަށާފައެވެ.