ފުލުހުންގެ މުވައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާކުރެވިފައިވާ ތަނަކަށް ހައްދަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިސް އޮފިސަރުންނާއި އެކު ރައީސް ސޯލިހު ބޭއްވި ބައްދަލުކުރެއްވުމުގައި އެމަނިކުފާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ، ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭންޖެހޭ މުއައްސަސާއެއް ކަމަށާއި އެތަން ސިޔާސީ ވެގެން ނުވާނެކަމަށެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން އިސްލާހު ކުރައްވާނެކަމަށާއި، ފުލުހުންގެ މުވައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށެވެ.
ފަހަކަށް އައިސް ފުލުހުންގެ މުވައްސަސާއަށް ބޮޑެތި ނުފޫޒު ވަދެފައިވާކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. އެގޮތުން ފުލުހުން އަމަލުކޮށްފައިވަނީ އިންސާފުން ނޫންކަމަށްބުނެ އެމުވައްސަސާގެ އިތުބާރުވަނީ ގެއްލިފައެވެ.