ދިވެހި ގައުމީ ސިފައިންނާއި އިންޑިޔާ އަސްކަރިއްޔާ އަދި ލަންކާ ސިފައިން ގުޅިގެން ބާއްވާ ތަމްރީނު ޕްރޮގްރާމް، "އެކްސަޒައިސް ދޯސްތީ 14" ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވަޑައިގެންފިއެވެ.
އިއްޔެ ފެށި މިތަމްރީނު ޕްރޮގްރާމަކީ ތިން ގައުމުގެ އަސްކަރިއްޔާގެ ދެމެދުގައި 1992 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ ތަމްރީނު ޕްރޮގްރާމެކެވެ. ދެ ގައުމުގެ ސިފައިން ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ރާއްޖެ އައިސްފައިވަނީ އާދީއްތަ ދުވަހުގައެވެ.
މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ އަވަށްޓެރި ގައުމުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމެވެ. ތަމްރީނުތަކުގައި ތިން ގައުމުގެ އަސްކަރިއްޔާ ބޯޓުތަކާއި ހެލިކޮޕްޓަރުތައް ބޭނުން ކުރާނެއެވެ. އަދި އެމްއެންޑީއެފްގެ "ހުރަވީ" ވެސް މި ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.