ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 50 ނައިބް މިނިސްޓަރުންނާއި، 39 ސްޓޭޓު މިނިސްޓަރުން އުފައްދަން ނިންމައިފިއެވެ.
ރައީސް ސޯލިހުގެ ސަރުކާރުން އުފައްދާ ސިޔާސީ މަގާމުތަކަށް ހަމަޖައްސަން ބޭނުންފުޅުވާ ފަރާތްތަކުގެ ނަންތައް ފޮނުވައިދިނުމަށް ކޯލިޝަން ޕާޓީތަކަށް ވަނީ އަންގާފައެވެ.
އިތުބާރު ހުރިގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމަށް ހަމަޖެހިފައިވަނީ ޕާޓީތަކަށް ސަރުކާރު ހިއްސާވާ ނިސްބަތަށް ބަލައިގެންނެވެ.
އެގޮތުން އެމްޑީޕީއަށް 15 ސްޓޭޓް މިނިސްޓަރުންނާއި 20 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސާއިރު ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް 10 ސްޓޭޓް މިނިސްޓަރުންނާއި 12 ޑެޕިއުޓީ މިނިސްޓަރުން ހަމަޖެެއްސުމަށް ވަނީ ނިންމާފައެވެ.
ރައީސް މައުމޫންގެ އެމްއާރުއެމްއަށް 8 ސްޓޭޓް މިނިސްޓަރުންނާއި 10 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސާއިރު އަދާލަތު ޕާޓީއަށް 6 ސްޓޭޓް މިނިސްޓަރުންނާއި 8 ޑެޕިއުޓީ މިނިސްޓަރުން ހަމަޖެެއްސުމަށް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޯލިޝަނަށް ބަހާލައިގެން 19 ވަޒީރުން ވަނީ އައްޔަންކޮށްފައެވެ.