Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕު ލީޑަރަކަށް އަސްލަމް!

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕު ލީޑަރުކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމް ހޮވިއްޖެއެވެ.

އަސްލަމް ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕް ލީޑަރުކަމަށް ހޮވުނީ އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހޮވުމާއި ގުޅިގެން އެމްޑީޕީ އަކީ ކޮލިޝަންގައި ހިމެނޭ އެންމެ ގިނަ މެމްބަރުން ހިމެނޭ ޕާޓީ ލީޑަރަށް ވުމުންނެވެ.

ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕު ނަިއބް ލީޑަރުންގެ ގޮތުގައި ތިއްބަވާނީ ޖުމްހުރީ ޕާޓީ އަދި އަދާލަތު ޕާޓީ އަދި ރައީސް މައުމޫން ނިސްބަތްވާ އެމްއާރްއެމްގެ ޕީޖީ ލީޑަރުންނެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ޖޮއިންޓު ޕީޖީ ލީޑަރުކަމަށް ހޮވުނު އިރު، އަސްލަމް ހިމެނިވަޑައިގަންނަވަނީ މަޖްލިސްގައި ހިމެނިވަޑައިގަންނަވާ އެންމެ ތަޖުރިބާ ކާރު މެމްބަރުންގެ ތެރޭގައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބަށް ރައީސް މުހައްމަދު ނަޝީދު ނިކުންނަވަން ނިންމަވައި ކެމްޕެއިން މެނޭޖަރަކަށް އައްޔަން ކުރެއްވީ އަސްލަމްއެވެ. އަސްލަމަކީ އެމްޑީޕީގެ އިސް ބޭފުޅުންނާއި އާއްމު މެމްބަރުން އަދި ރައީސް ނަޝީދު ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތި ލެއްވުމަށް އަސްލަމް ވަނީ ނިންމަވާފައެވެ.