Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އިމާދަށް ތާއިދުކޮށް ޖުނައިދު އެމްޑީޕީއަށް ސޮއިކޮށްފި

މޯލްޑިވްސް ކަސްޓަމްސްގެ ވެރިޔާ މުހައްމަދު ޖުނައިދު އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ޖުނައިދު މިއަދު ވިދާޅުވީ އޭނާ އެމްޑީޕީއަށް ސޮއި ކުރީ މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ އިމާދު ސޯލިހަށް ކެމްޕެއިން ކުރުމަށާއި، އެގޮޑި އިމާދަށް ހޯދައިދިނުމަށް ކަމަށެވެ.'

ޖުނައިދު ވިދާޅުވީ އޭނާ އާއި އެކު އިތުރު އެހެން ބައެއް މީހުންވެސް އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީނާއި ގާތް ގުޅުމެއް އޮންނަ ޖުނައިދުވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯކަން ކުރައްވާފައެވެ. އެމްޕީއެލްގައި ހުންނެވި ދުވަސްވަރު އައްޑޫގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ހިދްމަތް ފެއްޓެވީ ޖުނައިދުއެވެ.

އެމްޕީއެލްއިން ޖުނައިދު ވަކިކޮށް ދުވަސްކޮޅަކު ސަރުކާރާއި ދުރުގައި ހުންނަވަނިކޮށް ރައީސް ޔާމީން ވަނީ ކަސްޓަމްސް ވެރިޔާގެ މަގާމު ހަވާލު ކުރައްވާފައެވެ. ޖުނައިދު މިހާރުވެސް ހުންނެވީ ކަސްޓަމްސްގެ ވެރިޔާގެ މަގާމުގައެވެ.