Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ޖުނެއިދު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސެސްގެ ވެރިޔާ، މުހައްމަދު ޖުނެއިދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކުރީގެ ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނަ ޖުނެއިދު މަގާމު ދޫކުރައްވާފައި މިވަނީ، މިއަދު ވެރިކަން ކުރާ އެމްޑީޕީއަށް ސޮއިކުރުމަށް ފަހުގައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ އާ ގުޅިވަޑައިގަތީ އާސަރުކާރުގެ މަތީ މަގާމެއް ނުވަތަ ހުރި މަގާމު ދެމެހެއްޓުމުގެ ބޭނުމުގައި ނޫން ކަމަށެވެ.

މިދިޔަ ސަރުކާރުގައި އެމްޕީއެލްގެ ވެރިޔާގެ މަގާމުވެސް ފުރުއްވި ޖުނެއިދު ވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުވެސް ކުރިން އަދާ ކުރައްވާފައެވެ.

ޖުނެއިދު ވަނީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ގާތް އެކުވެރިޔެއް ކަމަށްވާ އިމާދު ސޯލިހް، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މީދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާތީ އޭނާއަށް ކެމްޕޭނުކޮށް ދިނުމަށް ކަމަށެވެ.