ރައީސުލް ޖުމުހޫރިއްޔާ އުފައްދަވާފައިވާ ބޮޑެތި މަރުތަކާއި ގެއްލުވާލުންތައް ތަހުގީގު ކުރާ މިނިވަން ކޮމިޝަނުން، މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދުގެ ބަޔާނެއް މިއަދު ނަގައިފިއެވެ.
އެނގިފައިވާ ގޮތުގައި މިނިސްޓަރު ވަހީދުގެ ބަޔާނެއް ނަގާފައިވަނީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ، މޯލްޑިވްސް އިންޑެޕެންޑެންޓުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނު ގެއްލުވާލި މައްސަލައާ ގުޅިގެންނެވެ.
އަލީ ވަހީދު ވަނީ މީގެ ކުރިންވެސް ރިޟްވާނު ގެއްލުވާލި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ލިބިފައިވާ ކަމަށާއި ވެރިކަން ބަދަލުވުމުން އެވާހަކަ ހިއްސާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަދުގެ ކުރިން އެވާހަކަ ހިއްސާކޮށްފައެއް ނުވެއެވެ.
އިތުރު ތަފްސީލު އަންނަނީ…