Last Updated: April 25, 11:51
Thursday, April 25, 2024
ޚަބަރު

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ރައީސަކަށް ވަނީ އަޅުގަނޑު: އުމަރު

ދިވެހި ސަރުކާރުން މަރަށް މަރުގެ އަދަބު ނުދޭނެ ކަމަށް ވިދާޅުވެ ނިންމި ނިންމުމަކީ ހިތާމަވެރި ނިންމުމެއް ކަމަށާއި، މިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ރައީސަކަށް ވާނީ އުމަރު ނަސީރު ކަމަށް އޭނާ އަމިއްލައަށް ވިދާޅުވެއްޖެއެވެ.

އިންޑިޔާއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރާއްޖޭގައި މަރަށް މަރު ނުހިފާނެ ކަމަށް މިއަދު ވިދާޅުވުމާ ގުޅިގެން އުމަރު ވިދާޅުވީ ގިސޯސް ހިފުމަކީ މީހުން މެރުމަށް އޮތް ހައްލު ކަމަށެވެ.

ކުރީގެ ހޯމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި އުމަރު ނަސީރުގެ އަމިއްލަ ފާސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މީހުން މެރުމާއި ވަޅި ހެރުމަށް އޮތް ހައްލަކީ މަރަށް މަރު ހިފުން ކަމަށެވެ. އަދި އެކަން ނުކުރާނެ ކަން ސަރުކާރުން އިއުލާން ކުރުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ނިމިގެން ގޮސްފައިވަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެ އެކަން ނުކުރެވިއެވެ. އުމަރު ނަސީރު ހޯމް މިނިސްޓަރަކަށް ހުންނެވި އިރުވެސް އެކަން ކުރެވިފައިނުވާއިރު މިއަދު އެގޮތަށް ވިދާޅުވުމުން އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމަށް ފަހު އުމަރު ނަސީރު ވަނީ އެންމެ ފަހު ވަގުތު ވާދަ ނުކުރައްވަން ގަސްދު ކުރައްވައި ފޯމު އަނބުރާ ނަގާފައެވެ.