ނައިބު ރައީސް ފައިޞަލް ނަސީމް މާލޭ ސަރަޙައްދުގެ ތިން ހޮސްޕިޓަލަކަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ފައިސަލް މިއަދު ޒިޔާރަތްކުރައްވާފައި ވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި އޭ.ޑީ.ކޭ. ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލަށް ކަމަށެވެ.
ފައިސަލްގެ މިޒިޔާރަތަކީ އެހޮސްޕިޓަލް ތަކުގެ އެކި ޑިޕާރޓްމަންޓް ތަކުގައި މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލެއްވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.