Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

އިކޮނޮމިކް ކައުންސިލާއި، ސޯޝަލް ކައުންސިލަށް އަލުން މެމްބަރުން ޢައްޔަން ކުރައްވައިފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

"އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް"ގެ ނަން "އިކޮނޮމިކް ކައުންސިލް" އަށް ބަދަލު ކުރައްވައި، އިކޮނޮމިކް ކައުންސިލަށާއި، ސޯޝަލް ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަލުން މެމްބަރުން ޢައްޔަނު ކުރައްވައިފިއެވެ.

އިކޮނޮމިކް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް ސޯލިހު ކަމަށާއި، ސޯޝަލް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަލީ ޝިޔާމް (ކޯޗެއަރ)
މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ
މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު
މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާ
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން

ސޯޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ (ކޯޗެއަރ)
މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން
މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް