Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ސަރުކާރުގެ ދެ މަޤާމަކަށް ބޭފުޅުން އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށާއި، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމަށް ދެ ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.

އެގޮތުން ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއެވެ. އެއީ މިނިސްޓަރ ފެންވަރުގެ މަޤާމެކެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ޝިފާޒް ޢަލީއެވެ.

މި ދެ ބޭފުޅުން މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.