Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ދުނިޔެ ރަނގަޅު ތަނަކަށް ހަދަން ޖެހޭ: ފަސްޓު ލޭޑީ

ދުނިޔެ ރަނގަޅު ތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރެއްވުމަށް ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ކ.މާފުށީ އެޑިއުކޭޝަނަލް ޓްރެއިނިންގް ސެންޓަރ ފޮރ ޗިލްޑްރެން" (އީ.ޓީ.ސީ.ސީ) ގައި ބޭއްވެވި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ 20 ވަނަ ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިންގް ކޭންޕް އިފްތިތާޙް ކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ފަޒުނާ ވިދާޅުވީ އެންމެން އެކުގައި ދުނިޔެ ރަނގަޅު ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.

ފަޒުނާ ވިދާޅުވީ ޓްރެއިނިން ކޭމްޕުން ލިބުނު ތަމްރީނުތަކުގެ އެހީގައި ދިރިއުޅުމުގެ ގިނަގުނަ އުކުޅުތައް ދަސްވާނެކަމަށާ އެކަން ކަން ކޮންމެ ދުވަހު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މިރަސްމިއްޔާތުގައި ފަޒުނާގެ ޝަރަފުގައި ގާލް ގައިޑުންގެ ފަރާތުން "ގާރޑް އޮފް އޮނަރ" އެއް އެރުވިއެވެ. އެއަށްފަހު ކޭމްޕް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަނާވަނީ ކޭންޕުގެ ދިދަ ނަންގަވައިދެއްވައިފައެވެ. އަދި ކޭމްޕްގެ ބައިވެރިންނާއިއެކު ފޮޓޯފުޅެއް ނަންގަވައި، ތަމްރީން ޕްރޮގްރާމްގައި ހިނގަމުންދިޔަ ބައެއް ކޭމްޕްތަކަށް ޒިޔާރަތް ކުރެއްވިއެވެ.