ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާއަށް ދެވަނަ ފަހަރަށް ކުރިމަތިލައްވަން ކެމްޕެއިން ކުރައްވަމުން އަންނަ ރޮޒޭނާ އާދަމްއަށް ކުޑަކުދިން ބޭނުންކުރާ ނެޕީ އާއި ބޮޑެތި މީހުން ބޭނުން ކުރާ ނެޕީ އިން ޖީއެސްޓީ ނުނަގާކަން ނޭގުމުން އެދާއިރާގެ ބައެއް ރައްޔިތުން ފާޑު ކިޔައިފިއެވެ.
އަންހެނުން ބޭނުން ކުރާ ޕެޑުން ޓެކްސް އުނިކުރަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރަމުން މިއަދު ރޮޒެއިނާ ވިދާޅުވީ މިއީ ފޮތި ނެޕީ ޖަހާ ޒަމާނެއް ނޫން ކަމަށާއި ނެޕީއަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ.
"މި ޒަމާނުގައި ފޮތި ޖަހައިގެން އުޅޭ އެއްވެސް ބަޔަކު ނޫޅޭނެ. އެހެންވީމަ މި އިސްލާހުގެ ތެރެއިން މިކަން ނުކުރެވޭނަމަ، ސަރުކާރުގެ ތެރެއިން މިކަން ހުށަހަޅައިގެން ވިޔަސް، ނެޕީން ނަގާ ޓެކްސް ވެސް ކަނޑާލަން ޖެހޭ ގޮތަށް ނެސެސިޓީއެއްގެ ގޮތުގައި އަޅުގަނޑު ހުށަހަޅަން،"
ރޮޒެއިނާގެ މި ވާހަކަތަކަށް ބައެއް މަޖްލިސް މެމްބަރުން ވަނީ ތާއިދުކޮށްފައެވެ. ނަމަވެސް މި މެމްބަރުންނަށް ކުޑަކުދިންގެ ނެޕީން ޖީއެސްޓީ ނުނަގާކަން ނޭގެއެވެ.
ޖީއެސްޓީ ސުން ރޭޓް ކެޓަގަރީގެ މުދާ:
- ކާޑުގެ ބާވަތްތައް
- ކިރު
- ކުކިން އޮއިލް
- ބިސް
- ރާއްޖޭގައި ބަންދުކޮށްފައި ހުރި މަހާއި ރިހާކުރާއި އަލުވި
- ހަވާދު އުފެއްދުމަށް ބޭނުން ކުރާ ތަކެތިތައް
- ދިޔަ ހަކުރާއި، ކާށި، ކުރުންބާ ރުކުރާ އަދި ކުރޮޅި
- ކެރެޓު، ކެބެޖު، ތޮޅި އަދި ޓޮމާޓޯ
- މޭވާގެ އެންމެހާ ބާވަތްތައް
- ޕާން ބަނަސް ފާރޮށި
- ކުޑަ ކުދިންގެ ނެޕީ
- ބޮޑެތި މީހުންގެ ނެޕީ
- ތުއްތު ކުދިންގެ ކާނާ
- ކައްކާ ގޭސް
- ޑީސަލް
- ޕެޓްރޯލް
ނެޕީން ޓެކްސް އުނިކުރަން ރޮޒެއިނާ ދެއްކެވި ވާހަކަ ތަކާއި ގުޅިގެން އެދާއިރާގެ ބައެއް ރައްޔިތުން ބުނެފައިވަނީ އަމިއްލަ އަށް ހެދި ގާނޫނު ނޭގޭ މީހަކަށް އަމިއްލަ ދާއިރާގެ މީހުން އެނގޭނީ ކޮން ގޮތަކުންތޯއެވެ.
ރޮޒެއިނާގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު އާއި ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވަނީ ނެޕީން ޖީއެސްޓީ ކަނޑާލުމަށް ވާހަކަ ދައްކަވާފައެވެ.