އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ސ. ހިތަދޫ ރަށްދެބައިގެ، އަލްފާޟިލާ ފާޠިމަތު ނަސީރު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަގާމުގެ ލިޔުން ފާޠިމަތު ނަސީރު އާއި ހަވާލުކޮށްދެއްވާފައެވެ.
ފާޠިމަތު ނަސީރަކީ ރައީސް ނަޝީދުގެ ސަރުކާރުން އުފެއްދި ސަދަން ޕްރޮވިންސްގެ އެޑިއުކޭޝަންގެ އެންމެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ. ފޮރޮވިންސް އުވާލުމާއި ގުޅިގެން ފަހުން ނެޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން ސުޕްރިޑެންޓެންގެ މަގާމަށް ބަދަލު ކުރައްވައި އައްޑު ހައި ސްކޫލްގައި ހުންނަ އެޑިއުކޭޝަން އޮފީހުގައި މަސައްކަތް ކުރައްވާ ގޮތަށް ހަމަޖައްސަވާފައެވެ.
ފާޠިމަތު ނަސީރުގެ އިތުރުން އިތުރު ފަސް ބޭފުޅަކު މިއަދު ވަނީ ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި ހަމަޖައްސަވާފައެވެ.

މީގެ އިތުރުން ސ. ހިތަދޫ ރޭއަލިވާގެ އަހުމަދު ޒުހައިރު ވަނީ މިނިސްޓަރ އޮފް ސްޓޭޓު ފޯ ޓްރާންސްޕޯޓު އެންޑު ސިވިލް އޭވިއޭޝަންގެ މަގާމަށް ހަމަޖައްސަވާފައެވެ. ޒުހައިރުއަކީ ސިވިލް އޭވިއޭޝަންގެ ދާއިރާގައި ހިދްމަތް ކުރައްވާތާ 25 އަހަރުވެފައިވާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި އައިލެންޑު އޭވިއޭޝަންގެ އެމްޑީ ކަމުގެ މަގާމުވެސް ޒުހައިރު އަދާކުރެއްވިއެވެ.

އެބޭފުޅުންނަކީ:
1- އަލްފާޟިލާ ފާޠިމަތު ނަސީރު- މިނިސްޓަރ އޮފް ސްޓޭޓު ފޯ އެޑިއުކޭޝަން
2- އަހުމަދު އަފްޒަލް އިބްރާހިމް- މިނިސްޓަރ އޮފް ސްޓޭޓު ފޯ ކޮމިއުނިކޭޝަން، ސައިންސް އެންޑު ޓެކްނޮލޮޖީ
3- ޝާހު އަބްދުﷲ މާހިރު- މިނިސްޓަރ އޮފް ސްޓޭޓު ފޯ ހެލްތު
4- އަހުމަދު ޒުހައިރު- މިނިސްޓަރ އޮފް ސްޓޭޓު ފޯ ޓްރާންސްޕޯޓު އެންޑު ސިވިލް އޭވިއޭޝަން
5- އަހުމަދު ސޯލިހު- މިނިސްޓަރ އޮފް ސްޓޭޓު ފޯ ޓޫރިޒަމް
6- މުހައްމަދު ޒުހެއިރު- މިނިސްޓަރ އޮފް ސްޓޭޓު ފޯ ހެލްތު