Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ނަޝީދާއި ކާނަލް ނާޒިމް ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި ބައްދަލުކުރައްވައިފިއެވެ.

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ނާޒިމް އޭނާގެ ޖަލު ހުކުމުން ވަގުތީ ގޮތުން މިނިވަން ވުމުން ޖޭޕީއާ ގުޅިވަޑައިގެން ސިޔާސީ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ނަޝީދާއި ނާޒިމް މިއަދު ބައްދަލުކުރައްވައި ސިޔާސީ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި ނަމަވެސް މަޝްވަރާތަކުގެ ތަފްސީލެއް މީޑިޔާއަށް ދެއްވާފައެއް ނުވެއެވެ.