Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މަހްލޫފްގެ ޕާކިން ސްޕޭސް ނަގައިފި

މަހުލޫފަށް ހަމަޖައްސާފައި އޮންނަ ޕާކިން ސްޕޭސް

ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފްއަށް ސަރުކާރުން ކަނޑައަޅާފައި ހުރި ދާއިމީ ޕާކިން ސްޕޭސް، އެމަނިކުފާނުގެ އެދުމުގެ މަތިން ނަގާ، އާންމުންނަށް ހުޅުވާލައިފިއެވެ.

މަހްލޫފް ދިރިއުޅޭ ގޭ ދޮރުމަތީ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ޕާކިން ސްޕޭސްގެ ސަބަބުން އާންމުންނަށް ދަތިވާކަމަށް ބުނެ ސޯޝަލް މީޑިޔާގައި ޝަކުވާ ކުރުމުން މިނިސްޓަރު ވަނީ އެކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި އެ ހުސް ޖާގަ ނެގުމަށް ހައުސިން މިނިސްޓްރީއަށް ރަސްމީ ގޮތުން އެދިފައިވާނެ ކަމަށް ސޯޝަލް މީޑިޔާ މެދުވެރިކޮށް މަހްލޫފް ވަނީ ހާމަކޮށްފައެވެ.

މިނިސްޓަރު ކަމަށް ވަޑައިގެންނެވީ ލަގަބާއި ޝަރަފަށްޓަކައި ނޫން ކަމަށާއި އާންމުނާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް މަހްލޫފް ވަނީ ކުރިން ވެސް ވިދާޅުވެފައެވެ. މަގާމާއި ހަވާލުވެވަޑައިގެން ހިނގާދިޔަ ކުޑަ ދުވަސްކޮޅު ތެރޭ މަހްލޫފް ވަނީ ގިނަ ބަޔެއްގެ ކަންބޮޑުވުންތައް އަހައި ރަނގަޅު ކުރުމަށް މަސައްކަތް ފައްޓަވާފައެވެ.