Last Updated: June 20, 17:58
Saturday, June 21, 2025
ޚަބަރު

ޖާބިރު 29 މިލިއަން ރުފިޔާ ދެއްވި ވާހަކަ މައުމޫން ދޮގު ކުރައްވައިފި

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް 29 މިލިއަން ރުފިޔާ ރައީސް މައުމޫންއަށް ދެއްވިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތައް ރައީސް މައުމޫން ދޮގު ކުރައްވައިފިއެވެ.

ޖާބިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލީ ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވާ އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދަށް ހުރަހަކަށް ރައީސް މައުމޫން ވެވަޑައިނުގަންނަވާނެކަަމަށާއި ސަބަބަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވާފައިވުމުން ކަމަށެވެ.

ޖާބިރުގެ ވާހަކަތަކަށް ރައްދު ދެއްވައި މައުމޫން އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި މައުމޫން ރިފޯމް މޫވްމެންޓްގެ ހީވާގި ޓީމަށް، އަބްދުﷲ ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށެވެ.

މައުމޫން ވިދާޅުވީ ޖާބިރު ހެއްދެވީ ކަނޑައެޅިގެން އިތުރު ފުޅެއް ކަމަށެވެ.