Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

30 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށައެޅި ބަޖެޓު މަޖިލީހުން އިސްލާހުކޮށް 30.2 ބިލިއަން ރުފިޔާ ހިމަނައި މިރޭ ފާސްކޮށްފިއެވެ.

ކުރީގެ ސަރުކާރުން މަޖިލީހަށް ފޮނުވި 29.6 ބިލިއަން ރުފިޔާގެ ބަޖެޓު، މަޖިލީހުން ބޮޑުކުރީ ދެ ހަފްތާ ވަންދެން ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހުގައެވެ.

އިތުރު 600 މިލިއަން ރުފިޔާގެ ޚަރަދު ހިމަނައި ކޮމިޓީން ފާސްކުރި ބަޖެޓު މިރޭ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.

ބަޖެޓު ޑެފެސިޓު ވާނެ ކަމަށް ލަފާކޮށް ސަރުކާރުގެ ބައެއް މިނިސްޓަރުން ވަނީ ބޭރު ގައުމުތަކަށް އެހީ ހޯދުމުގެ ދަތުރުފުޅެއް ފައްޓަވާފައެވެ.