Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޕެޑުން ޖީއެސްޓީ ކަނޑާލައިފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ - މަޖިލިސް

އަންހެން ބޭފުޅުން ބޭނުން ކުރާ ޕެޑުން ނަގާ ޓެކްސް އުނިކުރުމަށް ފަހު މައްސަރު ޓެކްސް އުވާލައިފިއެވެ.

ސޯޝަލް މީޑިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ކުރި ކެމްޕޭނު ކާމިޔާބުވެފައިވަނީ މިރޭ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހަކުންނެވެ. ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ ހުށައެޅުއްވި އިސްލާހު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.

މައްސަރު ޓެކްސް އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި އެއް ވައުދެވެ.