އުމުރުން 65 އަހަރު ފުރުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ފާސްކޮށްފައި އޮތް އިސްލާހު މިރޭ މަޖިލީހުން ބާތިލުކޮށްފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުށައަޅައި ފާސްކުރި މި އިސްލާހު ބާތިލުކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.
2015 ވަނަ އަހަރު ގާނޫނު އަސާސީގެ 109 ވަނަ މާއްދާއަށް ގެނައި އިސްލާހެއްގައި ވެރިކަމަށް ކުރިމަތިލެވޭ މީހުންގެ އުމުރު 30 އަހަރާއި 65 އަހަރަށް ހަދާފައިވެއެވެ. އެއިސްލާހު ބާތިލުކުރަން ހުށައެޅީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.