Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ބޭރުގެ އަސްކަރީ މަރުކަޒެެއް ހަދާކަށް ފުރުސަތެއް ނުދޭނަން: ޝާހިދު

ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެެއް ހަދާކަށް ފުރުސަތެއް ނުދޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ބޭރުގެ އެހީ ހޯދާނީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރުލެއް ނާރާ ގޮތުގެ މަތިންކަމަށެވެ.

"ރާއްޖޭގައި އެއްވެސް ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ހަދާކަށް ފުރުސަތެއް ނުދޭނަން، އަދި އެފަދަ އެއްބަސްވުމެއް އެއްވެސް ގައުމަކާއި ނުކުރެވޭނެ"

ޝާހިދު ވިދާޅުވިއެވެ.

ޖަޕާންގެ ނިކީ އޭޝިއަން ރިވިއު އިން އިއްޔެ ބުނެފައިވަނީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރާ މަތިން ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް 1 ބިލިއަން ޑޮލަރު ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ދެގައުމުން މިކަންކަމަށް އެއްބަސްވާނެކަމަށް އެނޫހުން ވަނީ ބުނެފައެވެ.