އަންނަ މާޗު މަހު ބާއްވާ މަޖްލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ގޮޑި ބަހާނެ ގޮތް މާދަމާ ނިންމޭނެކަމަށް ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުން ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި ހަތަރު ލީޑަރުން އެކުގައި ބޭއްވި މަޝްވަރާއަށް ފަހު ނޫސްވެެރިންނާއި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހަތަރު ލީޑަރުންވެސް މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި މާދަމާ ކޯލިޝަނުން ގޮޑި ދޭނެ ގޮތް ކަނޑައެޅޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުން މާޔޫސް ނުވާނެފަދަ ފޯމިއުލާއެއް ލީޑަރުންގެ ތެރެއިން ހޯއްދަވާނެ ކަމަށެވެ.
ތަފްސީލް އަންނަނީ….