Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޖާބިރު މައުމޫނަށް 7 ދުވަހުގެ މުހުލަތެއް ދީފި

ރައީސުލް ޖުމުހޫރިއްޔާގެ ސްޕެޝަލް އެންވޯއީ، އަބްދުﷲ ޖާބިރު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ދިން ކަމަށް ބުނާ 29 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ހަތް ދުވަހުގެ މުހުލަތެއް ދީފިއެވެ.

ޖާބިރު "ވަންއޮންލައިން" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މައުމޫނަށް 29 މިލިއަން ރުފިޔާ ޖާބިރުގެ އަމިއްލަ ފައިސާއިން ލޯނެއްގެ ގޮތުގައި ދީފައިވާނެ ކަމަށާއި އެފައިސާ އަނބުރާ ދައްކަވާނެ ކަމަށް ވިދާޅުވި ނަަމަމވެސް އަދިވެސް ނުދައްކާ ކަމަށެވެ.

އަދި 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެމައްސަލަ ކޯޓަށް ހުށައަޅުއްވައިގެން ކޯޓު މެދުވެރިކޮށް ހޯދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވި ނަމަވެސް މައުމޫން ވަނީ އެއްވެސް މީހެއްގެ އަތުން އެއްވެސް ފައިސާ އެއް ހޯދާފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.