Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އާ ޕާޓީއެއް އުފައްދަން އާސިފްއަށް ހުއްދަ ދީފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓުސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކަމިޝަނުން މިއަދުދީފިއެވެ.

އިލެކްޝަން ކަމިޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަދީފައިވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފްއަށެވެ.

އިލެކްޝަން ކަމިޝަނުން މިއަދު ބުނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓުސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އިލެކްޝަނުން ވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް ހެދުމަށް ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް ދީފައެވެ.

ރާއްޖޭގައި ރަޖިސްޓްރީ ވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)، ޢަދާލަތު ޕާޓީ (އޭ.ޕީ)، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) އެވެ