Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ރައީސް ސޯލިހުގެ ތަރުޖަމާނަކަށް ހޫދު

28 ނޮވެމްބަރ 2018: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަ ވުޒާރާއަކަށް ސްޓޭޓު މިނިސްޓަރުން އައްޔަން ކުރެއްްވުން، ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނަކަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި އިބްރާހީމް ހޫދު ހަމަޖައްސަވައިފިއެވެ.

ސ. ހިތަދޫ، އާސީނުގެ އިބްރާހީމް ޙޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ހޫދު ވަނީ މީގެކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޫދު ވަނީ ޚިދުމަތްކުރައްވާފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ތަފާތު ފެންވަރުގެ މަޤާމުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ހޫދު ރައީސް ސޯލިހުގެ ތަރުޖަމާނަކަށް ހަމަޖެއްސެވި އިރު ރައީސް އޮފީހުގެ މައުލޫމާތު ހޯދުމަށް މީޑިއާތަކަށް ދަތިވެގެން ދިޔައެވެ. އަދި އެކަމުގެ ފާޑު ކިއުންތައް ރައީސް ސޯލިހަށް އަމާޒުވިއެވެ.