Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ގަމަށް ސްރީލަންކަން އުދުހޭތާ 2 އަހަރު، 15 ޕަސެންޓު ޑިސްކައުންޓެއް!

ސްރީލަންކަންއިން ގަމަށް އުދުހޭތާ ދެ އަހަރު ފާހަގަކުރުމުގެ ގޮތުން އެއާލައިން އުދުހޭ ހުރިހާ މަންޒިލަކަށް 15 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.

ސްރީލަންކަންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު އޭސް އޭވިއޭޝަން ސާވިސްއިން ބުނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހާއި ދެމެދު ޓިކެޓު ނަންގަވާ ފަރާތްތަކަށް 15 ޕަސެންޓު ޑިސްކައުންޓު ލިބޭނެކަމަށެވެ.

އެގޮތުން އެ މައްދަތުގައި ޓިކެޓު ނަގާ ފަރާތްތަކަށް އަންނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން މާޗު 16 ވަނަ ދުވަހާއިއަށް އެ ޓިކެޓުގައި ދަތުރުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޓިކެޓު މި ވިއްކަނީ ޑިސެމްބަރު މަހުގެ 1 އިން ފެށިގެން 5 ވަނަ ދުވަހާއި ހަމައަށް، މި މުއްދަތުގައި ނަގާ ޓިކެޓަށް ދަތުރު ކުރުމަށް ހަމަޖައްސާފައިވަނީ ޖެނުއަރީ 12 އިން މާޗު 16 އާއި ހަމައަށް، އެކަމަށް ސަމާލުވާން ޖެހޭނެ" އޭސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

2016 ވަނަ އަހަރުގެ ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއާލައިންސްގެ އުދުހުން ހަފްތާއަކު 3 ދުވަހު ސ. ގަމަށް ބާއްވާއިރު މިއީ އައްޑޫއަށް އޮޕަރޭޓު ކުރާ ހަމައެކަނި ބައިނަލް އަގްވާމީ އެއާލައިނެވެ.