ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މިއަދު އަލަށް އުފެއްދުމަށް ހުއްދަ ދިން މޯލްޑިވްސް ތްރީވޭ ޑިމޮކްރަޓިކް ޕާޓީ(އެމްޓީޑީ) އަށް ސޮއިކޮށްފިއެވެ.
އަދީބުގެ ގާތް ބޭފުޅުން އުފެއްދި މިޕާޓީއާ ގުޅުނު އެންމެ ފުރަތަމަ މެމްބަރަކީ އަދީބެވެ. ބޭސް ފަރުވާއަށް ޖަލު ބަންދުން ގޭބަންދަށް ދޫކޮށްފައިވާ އަދީބު ކުރިން ހަރަކާތްތެރިވީ ކުރީގެ ރައީސް ޔާމީނާއެކު ޕީޕީއެމްގައެވެ.
މި ޕާޓީ އުފެއްދުމުގެ ހުއްދަ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފަށް އިލެކްޝަންސް ކޮމިޝަނުން ދިނީ މިއަދު އެވެ. ޕާޓީ ރަޖިސްޓާ ކުރުމުގެ މަސައްކަތް ފަށައި މެމްބަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޚަބަރު ލިބެއެވެ.