Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވެމްކޯގެ އާމްދަނީ ދިމަލެއް ނުވި!

ވެމްކޯ އިން އައްޑޫ އަށް އަލަށް ގެނައި ވެހިކަލްތައް. އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

ނިމިގެން ދިޔަ 2017 ވަނަ އަހަރު ވެމްކޯ އަށް ލިބުނު 21.8 މިލިއަން ރުފިޔާގެ އާމްދަނީ، އެކުންފުނިން ހުށައެޅި ލިޔެކިޔުންތަކާ ދިމާ ނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި ވެމްކޯގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 21.8 މިލިއަން ރުފިޔާ ހުސްވި އަހަރު އެކުންފުންޏަށް ލިބުނު ކަމަށް ސްޓޭޓްމެންޓުން ދައްކާ ކަމަށެވެ. ނަމަވެސް ހުށައެޅި ލިޔެކިޔުންތައް ބަލައި އަޅާކީއިރު އެ އަދަދު ދިމާ ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި ވަނީ މާލީ ބަޔާންތަކާއި ކަސްޓަމަރުންގެ މައުލޫމާތު ބެލެހެއްޓުމުގައި ވެމްކޯއިން ފަރުވާކުޑަ ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ކަސްޓަމަރުންގެ ރެޖިސްޓްރޭޝަން ކަންތައްތައް އޮންނަ އުސޫލުން ކުރެވިފައިނުވާ ކަން ވެސް ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވެއެވެ.

ވެމްކޯ އަކީ ފުރަތަމަ މާލޭގައި ކުނި ނަގަން ފެށި ކުންފުންޏަކަށް ވިޔަސް، އައްޑުއާއި ފުވައްމުލަކުގެ ކުނި މެނޭޖުކުރުން ވެސް ވެމްކޯއާ ވަނީ 2016 ވަނަ އަހަރު ހަވާލު ކުރެވިފައެވެ.