Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ރައީސް ސޯލިހު އާއި އެކުވެރި ގުޅުމެއް ބާއްވަން ބޭނުން: ޑރ. ވަހީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކު ގާތް އެކުވެރި ގުޅުމެއް ބާއްވަން ބޭނުންކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ނައިބް ރައީސް ކަމުގައި ހުންނަވަނިކޮށް 2012 ފެބްރުއަރީ 7 ވަނަ ދުވަހު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސްކަމަށް ވަޑައިގެންނެވި ޑރ. ވަހީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެެވެ.

ރައީސް ސޯލިހު އާއި ބައްދަލުކުރެއްވުމަށް ފަހު ޑރ. ވަހީދު ކުރެއްްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙްއާ ބައްދަލުކުރައްވައި އެމަނިކުފާނާއި، ރަޙްމަތްތެރި ގުޅުމެއް ބާއްވަން ރައީސް ވަހީދު ބޭނުންފުޅުވާކަން ހާމަކުރެއްވިކަމަށާއި، ހުރިހާ ގޮތަކުންވެސް ރައީސް ޞާިލޙް އަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާނެކަމަށެވެ.

އެމްޑީޕީ ސަޕޯޓަރުންގެ "ބާޢީ"އެއްގެ ގޮތުގައި މުހާޠަބުކުރައްވާ ޑރ. ވަހީދުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ހަފްލާގައިވެސް ބައިވެރިވެވަޑައިގެންފައެވެ.