Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ސަރުކާރުގެ ތިން ކުންފުންޏަކަށް އެމްޑީން ހަމަޖައްސައިފި

ސަރުކާރުގެ ތިން ކުންފުންޏަށް މެނޭޖިން ޑިރެކްޓަރުން ހަމަޖައްސައިފިއެވެ.

ފްރައިވަޓައިޒޭޝަން ބޯޑުން ބުނީ ސަރުކާރުގެ މައި ކުންފުނި އެސްޓިއޯގެ އެމްޑީއަކަށް ހަމަޖެއްސީ ރައީސް ނަޝީދުގެ ސަރުކާރުގައި އެމްޓީސީސީގެ އެމްޑީކަން ކުރެއްވި ހުސެއިން އަމުރު އެވެ. އަމުރު އަކީ އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ މެމްބަރެކެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެމްޑީކަމަށް ހަމަޖެއްސީ މުހައްމަދު ރިޒްވީ އެވެ. މުހައްމަދު ރިޒްވީ އަކީ މޯލްޑިވިއަންގެ ދަށުން ހިންގާ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖަރެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީކަމަށް ހަމަޖެއްސީ ކުރީގެ އެސްޓީއޯގެ އެމްޑީ އާދަމް އާޒިމްއެވެ.