Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވިސާއާ ނުލާ ޔޫއޭއީއަށް ދަތުރުކުރެވޭ ގޮތް ހަދަނީ

މިފެށޭ 2019 ވަނަ އަހަރުން ފެށިގެން ދިވެހި ރައްޔިތުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) އަށް ވިސާ ނުނަގާ ދަތުރުކުރެވޭ ގޮތް ހަމަޖެހިގެން ދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރ ޝެއިޚް އަބްދުﷲ އާ ބައްދަލުކުރައްވާފައިވެއެވެ. ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އުފެދިފައި އޮތް ގުޅުމާ ގުޅޭގޮތުން ވާހަކަ ދައްކައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވިފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި އިންވެސްޓު ކުރުމާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ވަނީ ޔޫއޭއީއާ މަޝްވަރާ ކުރައްވާފައެވެ. އަދި ވިސާގެ ކަންކަން އަންނަ އަހަރުން ފެށިގެން ހަމަޖެހޭނެ ކަމަށާއި ޔޫއޭއީ އިން ވަނީ އެކަމަށް އެއްބަސްވެފައި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.