Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރައީސް މުލީއާގެއަށް ބަދަލުވެވަޑައިގެންފި

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނަށް ދައުލަތުން ކަނޑައަޅުއްވާފައިވާ ރަސްމީ ގެކޮޅު، މުލީއާގެއަށް މިއަދު ބަދަލުވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު ރައީސް މުލީއާގެއަށް ބަދަލުވެވަޑައިގެންފައިވަނީ ވެރިކަމުގެ ހުވާ ކުރައްވައި އެމަނިކުފާނު މުލީއާގޭގައި އަދި ނައިބު ރައީސް ފައިސަލް ނަސީމް ހިލާލީގޭގައި ދިރިއުޅެން ހަމަޖެއްސެވުމަށް ފަހުގައެވެ.

ރައީސް މުލީއާގެއަށް ބަދަލުވެފައިވި ނަމަވެސް ނައިބު ރައީސް އަދި ހިލާލީގެ އަށް ބަދަލުވެފައެއް ނުވެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ވެސް ދިރިއުޅުއްވީ މުލީއާގޭގައެވެ.

ނަމަވެސް އެމަނިކުފާނަށް ފަހަށް ރައީސް ކަމަށް ވަޑައިގެންނެވި ދެ ރައީސުން ވެސް ދިރިއުޅުއްވީ ހިލާލީގޭގައެވެ.