Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ދިއްފުށީ ފެނާއި ނަރުދަމާ ރައީސް ސޯލިހު އިފްތިތާހުކޮށް ދެއްވައިފި

ކ. ދިއްފުށީ ފެނާއި ނަރުދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް ދިއްފުއްޓަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ.

ދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމްކޮށްދީފައިވަނީ ޗަމްޕާ ބްރަދާޒްއިން އިޖްތިމާއީ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ އަލިފުޅުތުއްތު ފައުންޑޭޝަން، އޭއެފްޓީގެ ފަރާތުން އެވެ.

ރައީސް ސޯލިހު ދިއްފުއްޓަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.