Last Updated: June 10, 14:00
Wednesday, June 10, 2026
ވިޔަފާރި

އިސްމެހެލާހެރަ އާ އެކު ތިން ރަށަށް ހަތް ފަރާތެއްގެ ޝައުގުވެރިިކަން!

ހުޅުމީދޫ ކައިރީގައި އޮންނަ ސ. އިސްމެހެލާހެރަ. ފޮޓޯ/ އަހުމަދު އަޔާޒް

ސ. އިސްމެހެލާ ހެރައާ އެކު ޓޫރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ 18 ވަނަ ދުވަހު ބީލަމަށްލި ތިން ރަށަށް ހަތް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބް ވިދާޅުވީ ބީލަމަށް ލި ރަށްތަކަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކަށް އިކުއިޒިޝަން ކޮސްޓް ހުށަހަޅަން ވަަރަށް އަވަހަށް ފުރުސަތު ދޭނެ ކަމަށެވެ.

ބީލަމަށްލާފައިވާ ތިން ރަށަކީ ސުނާމީގައި ލިބުނު ގެއްލުމާއި ގުޅިގެން މީހުން ބަދަލުކޮށްފައިވާ މ. މަޑިފުއްޓާއި ސ. އިސްމެހެލާހެރަ އާއި އަދި ގއ. ކެރައްދޫއެވެ.

އަދީބް ވިދާޅުވީ ރަށްތައް އެވޯޑް ކުރާ އިރު ކުލީގެ ގޮތުގައި ލިބޭނެ އަދަދަކާއި، އެޑްވާންސްގެ ގޮތުގައި ލިބޭނެ އަދަދެއްގެ އިތުރުން ބިޑް ހުށަހަޅާ ކުންފުނީގެ މާލީ އަދި ފަންނީ ތަޖުރިބާ އަށް ސަރުކާރުން ބަލާނެ ކަމަށެވެ.