Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޓްރާންސްޕޯޓު މިނިސްޓަރ އައިޝާ މިރޭ އައްޑޫއަށް ވަޑައިގަންނަވަނީ

ޓްރާންސްޕޯޓު މިނިސްޓަރ ގާސިމް އިބްރާހިމްގެ ހަނގު އަނބިކަބަލުން އައިޝަތު ނަހުލާ (އައިޝާ) މިރޭ ރަސްމީ ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޝާ އައްޑޫއަށް ވަޑައިގަންނަވަނީ މާދަމާ ސައުތު އެފްރިކާއިން ގަމަށް ޗާޓަރު ފްލައިޓު ދަތުރުފެށުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށެވެ.

މާދަމާ މެންދުރު ގަމަށް ސައުތު އެފްރިކަން އެއާލައިންސް ބޯޓު ޖައްސާ ވަގުތު ހާއްސަ ހަރަކާތްތަކެއް ގަމުގެ ވައިގެ ބަނދަރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ސްކައި ޑައިވިން ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސައުތު އެފްރިކަން އެއާލައިންސް ގަމަށް ޖައްސާ ވަގުތު ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާގެ އިތުރުން އައްޑޫ އެއާޕޯޓްސް ކޮމްޕެނީގެ އެއް ހިއްސާދާރު ޗަމްޕާ އަފީފު އާއި އެމްއެެމްޕީއާެރުސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.