ތިންވަނަ ސައުތު އޭޝިއަން ޔޫތް ސަމިޓް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް އިންޓަނޭޝަނަލް ޔޫތް ކޮމިއުނިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި މި ސަމިޓު ބޭއްވުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވިފައި ވާ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އެއްހާ މެމްބަރުން މި ސަމިޓުގައި ބައިވެރިވާނެ ކަމަށެވެ.
Signed the MOU with the International Youth Committee to host the 3rd South Asian Youth Summit 2019 in Maldives. We will be expecting 150 – 200 delegates from all over the world.
A step towards youth empowerment. Will try my best to have the summit in one of the islands 🇲🇻 pic.twitter.com/qzBVXOSM0p— Ahmed Mahloof (@AhmedMahloof) December 1, 2018
މި ސަމިޓަކީ ރާއްޖޭގައި ޒުވާނުން ބާރުވެރި ކުރުވުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަހްލޫފް ވަނީ ޔޫތް ސަމިޓު މާލެ ނޫން ރަށެއްގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.