އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމަށް އެޕާޓީގެ ގައުމީ މަޖްލިސް ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު ވިދާޅުވީ މަޖްލިސްގެ 87 ދާއިރާގެ ތެރެއިން އެމްޑީޕީން ވާދަކުރާނެ ދާއިރާތައް މިރޭ ކަނޑައަޅާނެކަމަށެވެ.
އަންމަ މަޖްލިސް އިންތިހާބުގައި ދާއިރާތައް ނިންމާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއިން ކަމަށް ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުން ވަނީ ބުނެފައެވެ. ނަމަވެސް އެދާއިރާތަކުގެ ތަފްސީލެއް ލީޑަރުން ނުދެއްވައެވެ.
އެމްޑީޕީން ކުރިން ނިންމާފައި އޮތީ މަޖިލީހަށް ނިކުންނާނެ ދާއިރާތައް ކަނޑައަޅައި އިއްޔެ އިއްލާން ކުރާ ގޮތަށެވެ. ނަމަވެސް ތަފާތު ސަބަބު ތަކާއި ހެދި މިރެއަށް ޖަލްސާ ވަނީ ފަސްކޮށްފައެވެ.