Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ދިއްފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ކ. ދިއްފުށްޓަށާއި ގިރިފުށީ ޓްރެއިނިންގ ސެންޓަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ވަނީ ފަށްޓަވައިދެއްވައިފަ އެވެ. އަދި ގިރިފުށީގައި ބޭއްވި 20 ވަނަ ކެޑޭޓް ކޭމްޕާ ބެހޭ ބްރީފިންގގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް ސޯލިހު މާލެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.