ގުޅިފައިވާ އިދިކޮޅު އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ.
މި ނިންމުން އެމްޑީޕީން ނިންމީ މިހާރު ކުރިއަށްދާ އެޕާޓީގެ ގައުމީ މަޖިލިސް ޖަލްސާގައެވެ. އެގޮތުން ވޯޓު ނަގާ 87 ދާއިރާއަށް އެމްޑީޕީން އެކަނި ވާދަކުރުމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވައި ޕާޓީގެ ގައުމީ މަޖިލިސް މެމްބަރުންގެ އިއްތިފާގުން ހުށައެޅުން ފާސްވެފައިވެއެވެ.
އެމްޑީޕީން މިގޮތަށް ނިންމާފައިވަނީ ކޯލިޝަނުން މަޖިލިސް އިންތިޚާބަށް އެކުގައި ނިކުންނާނެ ކަމަށް ބުނެފައިވަނިކޮށެވެ. ޚަބަރު ލިބޭ ގޮތުގައި އެމްޑީޕީއާ ޖޭޕީއަށް މަޖިލިސް އިންތިޚާބުގައި ވާދަކުރާ ދާއިރާތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
އިތުރު ތަފްސީލު އަންނަނީ..