Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އަދާލަތުން ބޭނުންވަނީ 13 ދާއިރާއެއް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން 13 ދާއިރާއަކަށް ވާދަކުރަން ޝައުގުވެރިކަން ހުށައަޅައިފިއެވެ.

ކޯލިޝަނުގައި ހިމެނޭ އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމާ ގުޅިގެން ބެލެވޭ ގޮތުގައި އަދާލަތު ޕާޓީ، ޖުމުހޫރީ ޕާޓީ އަދި އެމްއާރްއެމް އިން އިންތިޚާބަށް ނިކުންނާނީ އެކުގައެވެ.

އަދާލަތުން ވާދަކުރަން ޝައުގުވެރިކަން ހުށައަޅާފައިވާ 13 ދާއިރާއަކީ ކެލާ، ވައިކަރަދޫ، ކުޅުދުއްފުށި އުތުރު، މަކުނުދޫ، އިނގުރައިދޫ، ކާށިދޫ، މަހިބަދޫ، މުލަކު، ނިލަންދޫ، ގަމު، ފުވައްމުލަކު ދެކުނު، ފޭދޫ އަދި މާފަންނު ދެކުނު ދާއިރާއެވެ.