Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

އިސްތިއުފާ ދެއްވުމަށް ފަހު އަލުން މިނިސްޓަރުކަމާއި އިމްރާން ހަވާލުވެއްޖެ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: ފޮޓޯ: އައްޑޫ ލައިވް

ރައީސް އިބޫ ސޯލިހްގެ ކެބިނެޓުން، ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އިސްތިއުފާ ދެއްވުމަށް ފަހު އަލުން މަގާމާ ހަވާލުވެވަޑައިގެންފިއެވެ.

އިމްރާން މަގާމުން އިސްތިއުފާ ދެއްވީ ޖަލު ހުކުމެއް ތަންފީޒުން ކުރަމުން ދަނިކޮށް މިނިސްޓަރު ކަމަށް ކުފޫ ހަމަ ނުވާނެ ކަމަށް ބައެއް ގާނޫނީ މާހިރުން ވިދާޅުވުމާ ގުޅިގެންނެވެ.

އިމްރާންގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވާއިރު ރައީސް ސޯލިހް ވަނީ އިމްރާން އިސްތިއުފާ ދެއްވުމުން އަނެއްކާ މަގާމަށް އެމަނިކުފާން އައްޔަން ކުރައްވާފައެވެ. އަދި އިމްރާން ވަނީ މަގާމާ ހަވާލުވެވަޑައިގެންފައެވެ.