Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެމްސީ ހަމީދަށް ފުލުހުންގެ ވަޒީފާ ދޭން ޖެހޭ: ސުޕްރީމް ކޯޓު

ފުލުހުންގެ ޗީފް ސުޕްރިޑެންޓުގެ މަގާމުގައި ހުންނަވަނިކޮށް 2012 ވަނަ މަހު މަގާމުން ވަކިކުރި މުހައްމަދު ހަމީދު ވަޒީފާއިން ވަކިކުރީ އޮންނަ އުސޫލުން ބޭރުން ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވުމަށް ފަހު ކުރި ހުކުމުގައި ހަމީދު އޭރު ހުރި މަގާމާ އެއް ފެންވަރުގެ މަގާމެއް ދިނުމަށް އަމުރުކޮށްފައިވެއެވެ.

އެމްސީ ހަމީދު މަގާމުން ވަކިކުރުމުގެ ކުރިން ސިއްރު ބަޔާންތައް ލީކު ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ބަންދުވެސް ކުރިއެވެ. ނަމަވެސް ދައުލަތުން އޭނާއަށް ދައުވާއެއް ކޮށްފައެއް ނުވެއެވެ.

ރައީސް އިބޫގެ ވެރިކަމުގައި ހަމީދަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ދޭން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމަށް ދެ ހަފްތާވީއިރު ވެސް އެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މަގާމަށް އައްޔަން ކުރެއްވި ހަމްދޫން ރަޝީދެވެ.