Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ސުޕްރީމް ކޯޓް އެއް މަސް ދުވަހުގެ ރިސެސް އަކަށް ހިނގައްޖެ

ފޮޓޯ: ގޫގުލް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް މިއަދުން ފެށިގެން ރިސެސް އަށް ދިއުމަށް ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން ބުނީ 02 ޑިސެމްބަރު 2018 ވާ އާދިއްތަ ދުވަހުން ފެށިގެން 02 ޖެނުއަރީ 2019 ވާ ބުދަ ދުވަހާއި ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ޙާލަތެއްގައި ފިޔަވައި، އަންނަ ދައުރު ފެށުމާދެމެދުގެ ރިސެސްގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި މެދުކެނޑިގެންނުދާނެ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެއެވެ.