Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެފްރިކާގެ ދަތުރު ގަމަށް ފެށުމުން އިގްތިސޯދީ ފުރުސަތުތައް ހުޅުވިގެންދާނެ: އަފީފް

02 ޑިސެމްބަރ 2018، ސ. ގަން: ސައުތު އެފްރިކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު، މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ، އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ އެއްް ހިއްސާދާރު ކާސާ ހޯލްޑިންގެ ފަރާތުން ޗަމްޕާ އަފީފު އަދި އައްޑޫގެ މޭޔަރ ބައިވެރިވަޑައިގެންނެވި، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

ދެކުނު އެފްރިކާ ޑައިރެކްޓް ފްލައިޓް އައްޑޫ ސިޓީ ގަމަށް ކުރަން ފެށުމުން ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އިގްތިސޯދީ ގޮތުން ވެސް ގިނަ ގުނަ ދޮރުތަކެއް ދިވެހިންނަށް ހުޅުވިގެން ދާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އެއް ހިއްސާދާރު، ޗަމްޕާ ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ.

މިއަދު ސައުތް އެފްރިކަން އެއާލައިންސްގެ ދަތުރުތައް ފެށައި އައްޑޫ އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، ދެކުނު އެފްރިކާއަކީ ދިވެހި ރާއްޖޭގެ މާކެޓުގައި ހިމެނޭ ގިނަ މުދަލެއް އުފައްދާ ގައުމެއް ކަމަށެވެ. ކާބޯތަކެއްޗާއި ލުއިކާނާގެ ވަރަށް ގިނަ ވައްތަރު ދެކުނު އެފްރިކާއިން ލިބެން ހުންނަ ކަމަށާއި ދަތުރުތައް ފެށުމުން އެފަދަ ބާވަތްތައް ރާއްޖެ އެތެރެކުރުމުގައި އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

02 ޑިސެމްބަރ 2018، ސ. ގަން: ސައުތު އެފްރިކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު، މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ، އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ އެއްް ހިއްސާދާރު ކާސާ ހޯލްޑިންގެ ފަރާތުން ޗަމްޕާ އަފީފު އަދި އައްޑޫގެ މޭޔަރ ބައިވެރިވަޑައިގެންނެވި، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

މީގެ އިތުރުން ސައުތް އެފްރިކަން އެއާލައިން ރާއްޖެ ގެނައުމުގައި މުހިންމު ރޯލެއް ކުޅުނު އެއާ ޓުއާ އޮޕަރޭޓާސްގެ މެނޭޖިން ޑިރެކްޓަރ ކީތް ފޯވ ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައިން އެކްސްޕޯޓު ކުރާ ކަނޑުމަސް، ޚާއްސަކޮށް ކަޅުބިލަ މަހަކީ ދެކުނު އެފްރިކާގައި މަގުބޫލު އެއްޗެއް ކަމަށާއި ކަޅުބިލަ މަސް، ސައުތް އެފްރިކަން އެއާލައިން މެދުވެރިކޮށް ބޭރުކުރާ ފަރާތްތަކަށް ވެސް ފުރުސަތުތައް ހުޅުވާލެވިފައި އެބަ އޮތް ކަމަށެވެ.

ސައުތް އެފްރިކަން އެއާލައިންގެ ޝެޑިއުލް ފްލައިޓުތައް ހަފްތާއަކު އެއް ފަހަރު އައްޑުއަށް ކުރުމަށް ހަމަޖެހިފައިވާއިރު 20 ޓަނުގެ މުދާ މީގެން ކޮންމެ ދަތުރެއްގައި އުފުލޭނެ ކަމަށް އަފީފް ކީތް ބުނެފައިވެއެވެ.

ކަޅުބިލަ މަހުގެ އިތުރުން ކާއްޓާއި އަދިވެސް ދިވެހި އުފެއްދުންތައް އެފްރިކާއަށް ތައާރަފްކޮށް ރަނގަޅު ވިޔަފާރީގެ ދާއިރާތައް ހުޅުވި ކުރިއަރައިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ކީތް ބުނެފައިވެއެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު ސައުތް އެފްރިކަން އެއާލައިންސްގެ ބޯޓެއް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު އޭ340 މަރުކާގެ ބޯޓެއްގައި 200 ޕަސެންޖަރުން އުފުލާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.