ދިވެހިރާއްޖޭގެ ހައި ކޯޓު ވެސް އެއް މަސް ދުވަހުގެ ރިސެސް އަކަށް ހިނގައްޖެ އެވެ.
ހައި ކޯޓުން މިއަދު ބުނީ ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާއި ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
އަދި ހައިކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް މެދުކެނޑިގެންނުދާނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.
ހައި ކޯޓުގެ އިތުރުން ސުޕްރީމް ކޯޓާއި ސިވިލް ކޯޓް ވެސް ވަނީ ރިސެސް އަށް ގޮސްފައެވެ.